ވަރަށް ދުވަސްކޮށްލާފަ އަނެއްކާވެސް އަޕްޑޭޓްއެއް މިކޮށްލެވެނީ...
މިދުވަސްކޮޅު ރަށުގައި ވަރަށް މަޖާ.... ކޯހެއްގައި ކިޔަވަމުންދާއިރު މިކަހަލަ ބޮޑު ޗުއްޓިއެއް ލިބޭނީ މަދު ފަހަރަކު. ދެން ޗުއްޓީއެއް ލިބިދާނެ. އެކަމަކު ތިން ހަފްތާވީމަ ތަންކޮޅެއް ދިގު ދޯ... އެކަމަކު މަޖާ ނަގާ ބަޔަކަށް މީހަމަ ވަރަށް ސަޅި ޗުއްޓީއެއް. ޗުއްޓިގެ ފުރަތަމަ ހަފްތާ ރަށުގައި ހުރުމަށްފަހު ދެވަނަ ހަފްތާއަށް ޖައްސާލި މާލެއަށް. ނަތިޖާ ނަގްނ ދިޔައީ. ދެން ވަރަށް ސަޅި ކޮންމެއަކަށް ނަތީޖާ.. ހެހެހެހ.... އެހެންވެ އަނެއްކާވެސް ރަށުގަ މިހާރު މިހުރީ... ރަށަށް އާދެވުނީ ވަރަށް ހެނދުނު... ކަންތައް ދިމާވީ ވަރަށް ސަޅިކޮށް މެންދުުރ ހުކުރުކޮއްލައިގެން ފިނި ބުރެއް ޖަހާލަން ނުކުތީ އަރީފްގެ އިތުރުން 3ކުއްޖަކާއެކު ސައިކުގަ. ހިތަށް އެރީ މިހާރު ތުނޑި ވަރަށް ސަޅިވާނެއޭ.. ދެން ޖައްސާލިއިރު މޫދު ވަރަށް ސަޅި. އެހެންވެ މޫދަށްވެސް އެރިލިން... އެކަމަކު ދެން އެދިމާވި ކަންތަކުގެ ވާހަކަ ނުދެއްކިއްޔާ މާ ރަނގަޅުވާނެ. (ކުޑަކޮށް ސިއްރިއްޔާތުގައި އެކަން އަދި އޮތީ) ހެހެހެހ.... ހީވެސް ނުކުރަނ ްއެވަރު ވާނެކަމަށް. ގަޔަކު ހެޔެއް ނެތެންނު... 4 މިހުން އެކީ ކަހަލަ ގޮތަކަށް އެދިމާއަށް ދުއްވައިގަތީ މިހަކު ރަންގަނޑެއް ފެނިގެން ދުއްވައިގަންނަހާ ބާރަށް... (ސީކްރެޓް...) ގެއަށް އާދެވުނު އިރު ގާތްގަނޑަކަށް 9 ޖަހައިފި... ގައިން ދުވާ ވަސް... ހެހެހެހ. ދެން އޮންނާނި ކެއްކުންތާ ދޯ... ހެހެ ކޮންމެއަކަސް ވަރަށް ސަޅި















