Thursday, April 1, 2010

ވަގުތު ފާއިތު ނުވަނީސް

ދެން ކޮންމެއަކަށް ވަރަސް މަޖާ އެސައިންމެންޓް ޑިއު ވާ ދުވަހު. ކުދިންތައް ހީވަނި ހުނު ތެލުގެ ތެރޭގައި ބޮކި ޖަހާތީ އުޅޭހެން. ހެހެހެ. ބައެއްކުދިން އެންމެ ފަހުގެ އެއްބަޔަކު އަދި ހަމަ އެސައިންމެންޓަށް މައުލުމާތު އެއްކުރަނީ. މިހެން ކަންތައް ވާނެކަން އެނގޭއިރު ތަންކޮޅެއް ކުރިއާލާ ވެއްޖެންނު ތައްޔާރުވާން. ކޯހުގައި މިވީ ދުވަސްތަކުން އިބްރަތެއް ހާސިލްކޮށްގެން ނަމަވެސް މިކަން އިސްލާހު ކުރާން ވަރަށް ފެނޭ. މިގެ ދެން އެންމެ ސަޅި ތަންކޮޅު އަދި ނުބުނެވޭ ދޯ... ފަހު ވަގުތު ހުނު ތެލަށް ވެއްޓިގެން އުޅޭ ކުދިންނަށް ވުރެ ހާލުބޮޑި ކުރީބައިގައި އެސައިންމެންޓު ނިންމާ ކުދިންނަށް. ދެން އޮފްކޯޒް.... ކަންތައް ވާނީވެސް އެހެންތާ...! އަސްލު ވާގޮތަކީ ކްލާހުގެ ހުރިހާކުދިންވެސް ވަރަށް ގުޅޭ. އެހެންވެ ކުރިން ނިމޭ ކުދިން ދެން ތިބި ކުދިންނަށް އެހީވުމަކީ އަހަރުންގެ ކުލާހުން ފެންނަ ވަރަށް ސަޅީ ނަމޫނާއެއް. އެކަމަކު އަދިވެސް ހަމަ ބުނެލަން. ވަގުތު އޮއްވައި ހުރިހާ ކުދިންވެސް މަސައްކަތް ނިންމޭތޯ ބަލަންވާނެ. އަދި އެހެން ކުދިންގެ އެހީއަށް އެދޭއިރު، ވަގުތު އޮއްވައި އެހީއަށް އެދެންވާނެ

No comments:

Post a Comment